ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑި މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.

Ads by Asuru

ފްލެޓް ތަޅުދަނޑު ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއެވެ.

ސްޓެލްކޯގެ ދެ ޓަވަރުގައި 360 ފްލެޓު ހިމެނޭއިރު، އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އަދި މެއިޑް ރޫމްގެ 288 އެޕާޓްމަންޓްތަކެވެ.

މީގެތެރެއިން މިއަދު ހަވާލު ކޮށްފައިވަނީ އެގްރިމެންޓްގައި ސޮއިކުރި 306 އެޕާޓްމަންޓެވެ. އަދި 52 އެގްރިމެންޓްގައި ސޮއި ކޮށްފައިނުވާއިރު، އެފަރާތްތައް ސޮއި ކުރުމަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަގުތު ދޭނެކަމަށް ސްޓެލްކޯއިން މައުލުމާތުދެއެވެ.

މި މަޝްރޫއުއަކީ ”ހިޔާ“ މަޝްރޫއުގެ ދަށުން، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި މަޝްރޫއުއެކެވެ.