ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި އެވެ.

Ads by Asuru

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖެހީ ބަންދާމެދު ގޮތް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ފަހު އެކަށީގެންވާ ހެކި ލިބުމުން އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަަހު އެވެ. މި އޮޕަރޭޝަންގައި ނަޝީދުގެ ކޮއްކޮ، ނާޒިމް ހައްޔަރު ކުރީ އއ އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.

ނާޒިމް ވަނީ އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަަމަށާއި އެއީ ”އެޑިޓް“އެއް ކަމަށް ބުނެފައެވެ. އެހެންނަމަވެސް ވީޑިއޯ ބެލި މީހުން ވަނީ، އޭގެން ފެންނަނީ ނާޒިމްކަން ސާފުކޮށް އެނގޭ ކަމަށް ބުނެފައެެވެ.