ގޯތި ގެދޮރު އެޅުމަށް ހާއްސަ ލުއި ލޯނުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މައްޗަންގޯޅި މެދު ދާއިރާއަށް ވާދަ ކުރައްވަވާ އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފެށިފައި ކަމަށާއި، މާލެއާއި މުޅި ރާއްޖެއަށް ވެސް އެންމެ ބޮޑު މައްސަލަ އަކީ ގެދޮރުގެ މައްސަލަ ކަމަށެވެ.

ރައީސް ވިދާޅުވީ ގެދޮރު އެޅުމަށް، 5 ޕަސެންޓަށްވުރެ، އިންޓެރެސްޓް ރޭޓު މަތި ނުވާނެ ގޮތަށް ލޯން ސްކީމް ތައާރަފު ކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި، އެއީ އަމިއްލަ ގޯތީގައި ގެ ނުހެދޭނެ މީހުންނަށް އަތްފޯރާފަށުގައި އެކަން ކުރެވޭނެ ގޮތް މަގުފަހި ކުރުމަށް ދޭ ލޯނު ސްކީމެއް ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ލޯނު ސްކީމަކީ ފަސް ޕަސެންޓަށްވުރެ އިންޓެރެސްޓް ބޮޑު ނުވާނެ ލޯން ސްކީމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‏“އެކަން ކުރުމަށްޓަކާ ވެސް، މިދިޔަ 100 ދުވަސްތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރެވި، މިހާރު ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރިހާ، ފަންނީ ޓެކްނިކަލް މަސައްކަތްތަކެއް ނިމުމަކާއި ހަމައަށް ގޮސްފައި އެ ވަނީ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތުގައި، ނުކުރެވި ހުރި ކަންކަން ނިންމާލެވި، ވަރަށް އަވަހަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

 

ި

ަ