އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާއްމު ކޮށްފިއެވެ.

Ads by Asuru

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއްޔެ ގެޒެޓު ކުރި ލިސްޓުގައިވާ ގޮތުން މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 284،663 މީހުންނަށް ލިބިގެންވެއެވެ. އެއީ 139،361 އަންހެނުންނާއި 14،5302 ފިރިހެނުންނެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް 602 ވޯޓު ފޮށި ބަހައްޓާނެއެވެ.

ދާއިރާތަކުގެ އަދަދަށް ގެނައި ބަދަލާ އެކު 20 ވަނަ މަޖިލީހުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ފަށައިގެން ކުރިއަށްދާއިރު، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ، ކެންޑިޑޭޓުންނާއިއެކުގައި، މާލޭގައި ”ދޮރުން ދޮރަށް“ ހިންގެވުމުގެ ކެމްޕެއިން ހަރަކާތެއް ފައްޓަވާފައެވެ.

 

 

 

ަ