ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު އައްޔަންކޮށްފިއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުމާލޭ ފްލެޓް ނަންބަރު C1-3-B ޒަރީރު ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިގޮތުން ރޭ ބޭންކުގެ ފަރާތުން ބޭއްވި އޭޖީއެމްއަށްފަހު ބާއްވާފައިވާ ބޯޑް އޮފް ޑިރެކްޓާސްގެ ބައްދަލުވުމުގައި ޒަރީރު ވަނީ އެ ބޭންކުގެ ޗެއާޕާސަންގެ މަގާމަށް އައްޔަނު ކޮށްފައެވެ.

ޒަރީރަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އޭނާގެ އިތުރުން އެހެން ބޭފުޅެއްވެސް ބީއެމްއެލް ބޯޑުގެ ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކޮށްފައިވެއެވެ.

އެގޮތުން، އެ އެ ބޭންކުގެ ބޯޑު މެންބަރެއްގެ މަގާމަށް ޒަރީރުގެ އިތުރުން އައްޔަންކޮށްފައިވަނީ ސިނަމާލެ 3 35-04 އަލީ ފާރިސް މުޙައްމަދެވެ.

ބީއެމްއެލްގެ ބޯޑު މެމްބަރުންގެ އަދަދު މިހާރު 10އަށް އެރީއެވެ.