”ޒުވާނުންގެ ބަދިގެ“ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ކައްކާ ޕްރޮގުރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.
މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް މި ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ދާއިރާގެ ޢިލްމީ އަދި ތަޖުރިބާހުރި ބޭފުޅުންގެ ފަންނީ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ހިއްސާކުރުން ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގައެވެ. މި ޕްރޮގްރާމް ކުރިޔަށްގެންދާނީ ތަޖުރިބާކާރު ޒުވާން ޝެފެއް ކަމަށްވާ މުމީތު އާއެކުގައެވެ.
މި ޕްރޮގްރާމް ކުރިޔަށްދާނީ 4 އެޕިސޯޑަކަށް ބަހާލައިގެން ތަފާތު 4 ވައްތަރުގެ ކެއުން ތައްޔާރު ކޮށްގެންނެވެ.
އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވާ ދުވަސްތައް:
• އެޕިސޯޑު1 : 27 މާރޗް 2024
• އެޕިސޯޑު 2 : 30 މާރޗް 2024
• އެޕިސޯޑު 3 : 3 އެޕްރީލް 2024
• އެޕިސޯޑު 4 : 10 އެޕްރީލް 2024
މި ޕްރޮގުރާމު ދެއްކުމަށް ހަމަޖެހިފައިވަނީ އަސްލު ޓީވީ އިންނެވެ.