އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކުގެ މައްސަލަ ބެލުމަށްޓަކައި ހައުސިން މިނިސްޓްރީ އަށް ލަފާ ދިނުމަށް އުފެއްދި ކޮމިޓީން އަނީސާ އަހްމަދު އިސްތިއުފާ ދެއްވައިފިއެވެ.

Ads by Asuru

ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ބެލުމަށްޓަކައި މިދިޔަ މަހުގެ މެދުތެރޭގައި މިނިވަން ކޮމިޓީއެއް ހައުސިން މިނިސްޓްރީން އުފެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިންނެވެ.

އަނީސާ ވަނީ އެ ކޮމިޓީގެ ޗެއާގެ މަގާމު ވެސް ފުރުއްވައިފައެވެ.

އޭނާގެ އިސްތިއުފާއާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް ވިދާޅުވީ، ސިއްހީ ސަބަބުތަކާ ހުރެ، ބަލި ހާލަތުގެ ގޮތުން ކޮމިޓީގެ މަސައްކަތްތަކަށް ވަގުތު ނުދެއްވޭތީ އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.

އަނީސާގެ އިތުރުން، ގޯއްޗާއި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި ދެން ތިއްބަވަނީ އާމިނަތު އީނާސް، އަހްމަދު އަލިމަނިކު، އަބްދުލްއަޒީޒް ޔޫސުފް (ޑެޕިއުޓީ ޗެއާ) އަދި މަރިޔަމް ފިޒާނާ ރަޝީދެވެ.