ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، އެ ތަރައްގީ އާއި ބަދަލު ގެނެވޭނީ، އެ އިރެއްގައި އޮންނަ ސަރުކާރަކާއިއެކު މަސައްކަތް ކުރާ ކެންޑިޑޭޓެއް މަޖިލީހަށް އިންތިހާބު ކޮށްގެން ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށް ވިލިނގިލި ދާއިރާ އަށް، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައި ވަނީ، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެވުމަކީ ރައްޔިތުންގެ އިތުބާރު ހާމަވާ ކަމެއް ކަމަށާއި، އޭނާއަށް ރައްޔިތުން އެދޭ ބަދަލު ގެނެވިދާނެ ކަމަށެވެ.

ޔަޒްމީދުގެ ވާހަކައިގައި ކަމަށް ގާބިލު ޒުވާނުން، ކަންކަން ކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައި، މަޖިލީހަށް ވެސް ޒުވާން މެމްބަރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް ފެނުނީ، ފާއިތުވި ފަސް އަހަރު، ގައުމު ވަރަށް ބޮޑަށް ފަހަތަށް ދިޔަތަން ދެއްތޯ؟ ގައުމު ހަމަ އެއްކޮށް ބަނގުރޫޓު ވިތަން. ގައުމު އަޅުވެތިވިތަން، ގައުމުގެ ހަޒާނާ ހުސްވިތަން. ހަމަ ލޫޓުވާލިތަން.“ ޔަޒްމީދު ވިދާޅުވިއެވެ.

ޔަޒްމީދު ވިދާޅުވީ، މިއީ އެނގުމާއި ނޭނގުމުގެ ތަފާތު ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި، ގައުމު ދާނެ މިސްރާބަކަށް ދާާން އޮތީ ދޫކޮށްލާފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަފާތުކަން ފާހަގަކުރައްވައި ޔަޒްމީދު ވިދާޅުވީ، އެމަނިކުފާނަކީ ވިޝަނަރީ، ވަރަށް ގާބިލު، އަދި ތައުލީމީ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ގާބިލު ޓީމަކާއިއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.

 

 

 

ީ