ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ މީހެއްގެ ފޮޓޯ އާއްމުކޮށް، ހޯދަން އިއުލާނު ކޮށްފިއެވެ.

Ads by Asuru

ފުލުހުން ވަނީ ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު އަދާކުރިއެވެ.