ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ ހަރަކާރުތެ ތެރެއިން ހެންވޭރު އުތުރު ދާއިރާގެ ޑޯޓުޑޯ ހަރާކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

Ads by Asuru

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު މެންދުރު ފަހު ވަނީ ހެންވޭރު އުތުރަށް ވަޑައިގެންފައެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަހްމަދު އައިފާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހެންވޭރު އުތުރު ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަނީ ވަޑައިގެންފައެވެ.

މި ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.