ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް މޭޖާ ރިޓަޔާޑް ތަލްހަތު ހަސަން އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Asuru

ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތަލްހަތު އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި 35 މެމްބަރުންގެ ވޯޓުންނެވެ.

ތަލްހަތު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހުގައެވެ.

މަޖިލީހުން ބުނީ ތަލްހަތު ސާޖަންޓް އެޓް އާމްސްގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ.

ތަލްހަތު ވަނީ ގައުމީ ދިފާއީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. އަދި ރިޓަޔަރ ކުރައްވާފައިވަނީ މޭޖަރ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށް ފަހުއެވެ. އެއަށްފަހު ތަލްހަތު ވަނީ ސްޓެލްކޯގެ ބޯޑު މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ސާޖަންޓް އެޓް އާމްސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ހަލީމެވެ. އޭނާއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަމުންދާތީ އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.