ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިމަތިކުރުވި އުނދަގޫތަކާއިއެކުގައި ވެސް ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި، ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިޔުއެއްގައެވެ. ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، އަމިއްލަ ކެޕޭސިޓީގައި ވައިގެމަގުން ބަލި މީހުން އުފުލުމާއި، ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ.

”އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީގައި، އަޅުގަނޑުމެންގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމް އެއޮތީ ހަމަޖެހިފަ. މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް، ވެރިކަމާ ހަވާލުވިއިރު ދޭން ހުރި ހުރިހާ ފައިސާއެއްދީ، ރޯދަ މަސް ފެށެންވާއިރަށް ދޭން ހި ހުރިހާ ފައިސާއެއްވެސް ދެވުނު.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމާޒަށް ވާސިލުވެވެމުންދާ ކަމަށާއި، ހުރި ގޮންޖެހުންތަކާއިއެކު ވެސް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ގޮންޖެހުންތަކުގެ ތެރޭގައި،މަޖިލީހުން ދިމާވާ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް 100 ދުވަސް ވެފައިވާއިރު، އެ ދުވަސްތަކުގައި ހާސިލު ކުރެއްވުމަށް ކަނޑަ‘ެޅި ”ހަފްތާ14″ގެ ވައުދުތައް ވެސް، ގާތްގަނޑަކަށް މުޅިންހެން ފުއްދިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.