ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ހަމަޖައްސައިފިއެވެ.

Ads by Asuru

ސަރުކާރު ހިންގާ ޕީއެންސީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ އައްޔަނު ކުރީ އިއްޔެ ކަމަށެވެ.

އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗީޕް ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވީ ހީނާއެވެ.

އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.