ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

Ads by Asuru

އެ ބޭންކުން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އަންގާފައިވާ ގޮތަށް، ބީއެމްއެލް އިން ރޯދަ މަހުގެ ފަހު ދިހައެއްގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ހަތަރު ދުވަހު ދެ ގަޑި އިރާއި 30 މިނިޓަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބެންކުން ހާމަކުރެއެވެ.

އެ ދުވަސްތަކަކީ މި މަހުގެ 31 އަންނަ މަހުގެ އެކެއް، ހަތެއް އަދި އަށްވަނަ ދުވަހެވެ.
އެ ދުވަސްތަކުގައި ބޭންކުން ހިދުމަތް ދޭނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.

އަދި އަންނަ މަހުގެ ދޭއް އިން ހަތަރަކަށް  އަދި އަންނަ މަހުގެ ނުވަ  ވަނަ ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބީއެމްއެލް އިން ބުނެއެވެ.