މިހާރު ހިނގާ ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރައީސުލްޖުމްހޫރިއްޔާއަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ހއ.ހޯރަފުށި ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ އަލީ މޫސާގެ ކެމްޕެއިން ހަރަކާތެއްގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ 24 ގަޑިއިރު މުލީއާގޭގައި ހުންނަވަން ކަމުގައި ވެއްޖެނަމަ، އެމަނިކުފާނަށް އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެގޮތަށް ކަމަށާއި، ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ދެންނެވިދާނެ ކަމަށެވެ. އޭނާ އެ އިޝާރާާތް ކުރެއްވީ މަޖިލީހުގައި އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ، ސަރުކާރަށް ދަތި ކުރަން މަޖިލީހަށް ލިބޭ ބާރަށް ކަމަށް ބެލެވެއެވެ.
މިއީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ވިޔަސް ބަދަލު ކުރަންޖެހޭ ކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ދެއްކެވި ވާހަކައިގައި ރައްޔިތުންގެ އަޣްލަބިއްޔަތުން ހޮވާ ވެރިޔަކު މަޖިލީހުގެ މެމްބަރުންނަށް ވަކި ކުރެއްވޭ ކަމަށާއި، ނަމަވެސް ދާއިރާއެއްގެ ފަސްހާހެއްހައި މެމްބަރުން ވޯޓު ލައިގެން ހޮވާ މެމްބަރަކު ވަކި ކުރެވޭނެ ގޮތެއް ނޯންނަ ކަމަށް ވެސް ވިދާޅުވިއެވެ.
”ގާނޫނު އަސާސީ އިސްލާހު ކުރަން އެބަޖެހޭ. ގާނޫނުތައް އަލުން ހަދަން އެބަޖެހޭ. ހެދިފައި ހުރި ގާނޫނުތަކަށް އިސްލާހު އެބަ ގެންނަން ޖެހޭ. ގެނެސްގެން، ރައީީސް މުއިއްޒު ބޭނުންވާ ތަރައްގީ، އެމަނިކުފާނުގެ ދުވެލީގައި މި ގައުމަށް ގެނެވޭނީ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ކަމަށާއި، ގައުމަށް އިގުތިސާދީ ގޮތުން ފުދުންތެރިކަން ގެނެވޭނީ އެގޮތަށް މަސައްކަތް ކޮށްގެން ކަމަށެވެ.
އޭނާގެ ވާހަކައިގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި މިދިޔަ މަހުގެ ތޭރަ ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، އެ މަޝްރޫއު ”ތޮޅިއަށް ނުދާނެ“ ކަމަށް ވިދާޅުވެ ރައްޔިތުންނަށް އުއްމީދު ދެއްވިއެވެ.
ެ
ު
ކަލެއަކީއަބަދުވެސްދޮގުހަދާމީހެއް
ރައީސުލްޖުމުހޫރިއްޔާ އާއި ދައުލަތުގެ އެހެން މަގާމުތަކުގައި ތިބޭ މީހުން ކަންކުރަންވާގޮތް ރައްޔިތުންވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ލިޔެފައި. އެނޫންގޮތަށް ކަންކުރެވޭނީ މަޖުލިސް މެމްބަރުން މެދުވެރިކޮށް ގާނޫނުތަކަށް ރައްޔިތުން ބަދަލުގެނެސްދިނީމާ. ރައްޔިތުންނަށް ފައިދާވާނެ އެއްވެސްކަމެއްގައި މަޖުލިސް މެމްބަރުން ހުރަސް އަޅައިގެންނުވާނެ.
ތި ވާހަކަ ދެކޮޅު ނުޖެހޭ ހޭވެސް އަހާނުލަ އެއޮތް ފަޅެއްް ހިއްކާނަގަނީ