ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ ހަރަކާރުތެ ތެރެއިން ހުޅުމާލެ މެދު ދާއިރާގެ ޑޯޓުޑޯ ހަރާކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

Ads by Asuru

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު މެންދުރު ފަހު ވަނީ ހުޅުމާލެ މެދަށް ވަޑައިގެންފައެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ފަރާތުން ހުޅުމާލެ މެދު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަބްދުއްލާ ޝަޒީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހުޅުމާލެ މެދު ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަނީ ވަޑައިގެންފައެވެ.

މި ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.