މާލެ ސަރަހައްދުގައި 1445 ވަނަ އަހަރުގެ ފިތުރު އިދު ނަމާދު ކުރުމަށް ހަމެޖެހިފައިވާ ތަންތަން އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން މައިދާންތަކާއި މިސްކިތްތައް ހިމެނޭހެން 26 ތަނެއްގައި ފިތުރު އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛

  1. މާލޭ ބޮޑު ޖަމާއަތް (މާފަންނު ސްޓޭޑިއަމް) – މާލެ
  2. މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) – މާލެ
  3. މަސްޖިދު މަލިކި ސަލްމާން – މާލެ
  4. މަސްޖިލުލް ފުރުގާން – މާލެ
  5. މަސްޖިދުއްނޫރު – މާލެ
  6. މަސްކިދުއް ޝަހީދު އަލީ – މާލެ
  7. މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން (ތައިބާ މިސްކިތް) – މާލެ
  8. މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލް އައްވަލު (ދުބުރި މިސްކިތް) – މާލެ
  9. މަސްޖިދު ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް) – މާލެ
  10. މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) – މާލެ
  11. މަސްޖިދު ސަލާހުއްދީން – މާލެ
  12. މަސްޖިދު ޖަލާލުއްދީން – މާލެ
  13. މަސްޖިދު އިބްރާހީމް – މާލެ
  14. މަސްޖިދު އިސްކަންދަރު – މާލެ
  15. ވަގުތީ މިސްކިތް (ބޮޑުގެ) – މާލެ
  16. މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން (ރަން މިސްކިތް) – މާލެ
  17. މަސްޖިދުއްޝައިހް މުހައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) – މާލެ
  18. ވިލިމާލެ ބޮޑު ޖަމާއަތް (ވިލިނގިލި ބޯޅަދަނޑި) – ވިލިމާލެ
  19. މަސްޖިދުލް ބިއްރި – ވިލިމާލެ
  20. ހުޅުމާލެ ފޭސް 1 ބޮޑު ޖަމާއަތް ސްޓޭޓީއަމް ސަރަހައްދު (ސިންތެޓިކް ޓްރެކް ސަރަހައްދު) – ހުޅުމާލެ ފޭސް 1
  21. މަސްޖިދު ރަޝީދު – ހުޅުމާލެ ފޭސް 1
  22. މަސްޖިދުއް ޝައިހް ގާސިމް ބިން މުހައްމަދު އާލްޡާނީ (ވައްގުއްބު މިސްކިތް) – ހުޅުމާލެ ފޭސް 1
  23. ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަހުޑް 3) – ހުޅުމާލެ ފޭސް 1
  24. ހުޅުމާލެ ފޭސް 2 ބޮޑުޖަމާއަތް (ކްރިކެޓް ސްޓޭޑިއަމް ސަރަހައްދު) – ހުޅުމާލެ ފޭސް 2
  25. މަސްޖިދު ހަސަން އާދަމް – ހުޅުމާލެ ފޭސް 2
  26. މަސްޖިދު އަމީލް ޖަލީލު – ހުޅުމާލެ ފޭސް 2

އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑުޖަމާއަތުގެ އީދު ނަމާދު ކެންސަލްކުރަން ޖެހިއްޖެނަމަ މާލެސީޓީގައި އީދު ނަމާދު ކުރާނީ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.

އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.