ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ ހަރަކާރުތެ ތެރެއިން މާފަންނު މެދު ދާއިރާގެ ޑޯޓުޑޯ ހަރާކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

Ads by Asuru

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު މެންދުރު ފަހު ވަނީ މާފަންނު މެދަށް ވަޑައިގެންފައެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަސްމާ ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން މާފަންނު މެދު ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަނީ ވަޑައިގެންފައެވެ.

މި ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.