ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއި ނުލައި، ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީީސް މިހެން ވިދާޅުވެފައި ވަނީ، ރޭ ފ.ނިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކޮންމެ އަހަރެއްގެ ބަޖެޓު ވެސް ފާސް ކުރަނީ، ރައްޔިތުންގެ މަޖިލީހުންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓު ފާސްކޮށްދިންއިރު، އޭގައި މަޝްރޫއުތައް ހިމަނާފައި ވަނީ ހަމައެކަނި ނަމެއްގައި ކަމަށެވެ.

”މިސާލަކަށް ބަނދަރެއް ހަދަން ޖަހާފަ އޮވެދާނެ ދެ ލައްކަ ރުފިޔާ، އެހެން އެބަހުރި އެތައް މަޝްރޫއުއެއް ހިމަނާފަ. އެހެންނަމަވެސް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެއްޖެއްޔާ ހިމަނާނީ، ދެ ލައްކަ ރުފިޔާއެއް ނޫން. ރައްޔިތުންނަށް އެކަން ކޮށްދެވޭ ވަރަށް ފާސްކޮށްދޭނެ، އަޅުގަނޑުމެންނަށް އެއްބާރުލުން ދޭ މަޖިލީހަކުން ނަމަ.“ އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ، މި ވިސްނުމުގައި ތިބެ، ދިވެހި ރައްޔިތުން ވެސް ކުރިއަށްދާނަމަ، ވަރަށް ހަލުވި ދުވެއްޔެއްގައި ދިވެހިރާއްޖެ ކުރިއަރައިގެންދާ މަންޒަރު ފެނިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ި