އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އާ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އާ މެމްބަރުންގެ ގޮތުގައި ރައީސް އައްޔަނު ކުރައްވާފައިވަނީ ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ.އަލީ ޒާހިރު ކަމަށެވެ.

އެ ދެބޭފުޅުން ފަތުވާ މަޖިލީހަށް އައްޔަނު ކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިންނެވެ.

އެހެންކަމުން، ”އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީސް“ ގައި މިހާރު ފަސް މެންބަރުން އެބަ ތިއްބެވިއެވެ.

އެއީ ފަތުވާ މަޖިލީހުގެ ރައީސް ފަޟީލަތުލްއުސްތާޒު ޝައިހު ޑޮކްޓަރ މުހައްމަދު ރަޝީދު އިބްރާހީމް އާއި، ޑޮކްޓަރ އަބްދުއްސައްތާރު ޢަބްދުއްރަހްމާން އާއި، ޑޮކްޓަރ މޫސާ އަންވަރު ހަސަނާއި، ޑޮކްޓަރ އަލީ ޒާހިރާއި، އައްޝައިހު އިލްޔާސް ހުސައިނެވެ.