އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމަށް 2023 ހައްގުވާކަން ސާބިތު ކޮށްދީފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ގިނަ ދުވަސްތަކަކަށްފަހުގައި ރައީސް ޔާމީން ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި، ތިން ގަޑިއިރަށްވުރެ ގިނައިރު ވަންދެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. މިކަން ފާހަގަކޮށް، މީސްމީޑިއާގައި، ވަރަށް ގިނަ ބަޔަކު އެމަނިކުފާނަށް ތައުރީފުވެސް ކުރިއެވެ.

ސެމްބެ ވިދާޅުވީ ތިން ގަޑިއިރު ވަންދެން، ފޫހިކަމެއް ނެތި، ޖެހިލުމެއް ނެތި، ކެރިވަޑަައިގެން، ނޫސްވެރިންގެ ސުވާލުތަކަށް ދެއްވި ޖަވާބުތަކުން، ރައްޔިތުން އެމަނިކުފާނާމެދު ކުރާ އިތުބާރު، އިހުނަށްވުރެ، އެތަައް ގުނައެއް އިތުރުވެގެން ހިނގައްޖެ ކަމަށެވެ.

އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އެމަނިކުފާނަށް ހައްގުކަން ސާބިތު ކޮށްދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ރޭ ވަނީ ގައުމުގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވާފައެވެ.