ލިވާތު ކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި ތިން މީހަކު ބަންދުން ދޫކޮށްލުމުން، ޝެއިހު އަލީ ޒައިދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

Ads by Asuru

ޒައިދު ވިދާޅުވީ އިސްލާމްދީނުގައި ބޮޑު ހައްދެއް ކަނޑައެޅިފައިވާ އެންމެ ބޮޑު އެއް ފާފަ ކުރުމުން، އެއީ ލުއިކަމެއްގެ ގޮތުގައި ދައުލަތުގެ ގާނޫނާއި، ގާނޫނީ މުއައްސަސާތަކުން ދެކޭ ދެކުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

އަދި ދުލުން އިސްލާމްދީނަށް ލޯބި ކުރާކަމުގެ އެވޯޑު ހޯދިޔަސް، މާތް ރަސްކަލާނގެ އަމަލުތައް ބައްލަވާވޮޑިގެންވާ ކަަމަށްވެސް ވިދާޅުވިއެވެ.

ޝެއިހު ޒައިދު މިހެން ވިދާޅުވީއިރު، ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލީ، އެމީހުން އިތުރަށް ބަންދުގައި ބައިތިއްބަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ނުފެންނަ ކަމަށް ނިންމުމާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލިވާތު ކުރުމުގެ ކުށުގައި ހައްޔަރުކޮށްފައި ވަނީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުއެވެ. އެ މީހުން ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.