އިސްލާމްދީނުގައި ބޮޑެތި ފާފަތައް ކަމުގައިވާ ޒިނޭ އާއި ލިވާތު ކުރުމަކީ ލުއި ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް(އިބްރާ) ވާހަކަ ދައްކަވައިފިއެވެ.

Ads by Asuru

އިބްރާ މިފަދަ މޭރުކަމުން ވާހަކަ ދައްކަވާފައިވަނީ މިވަނީ ޔޯގާ މައްސަލައިގައި ހައްޔަރު ކުރި މީހުން ބަންދުގައި ތިބިއިރު، ލިވާތު ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލުމުން، ލޯޔަރު މުހައްމަދު ޝަހީދު، ޓްވިޓަރގައި އެކަމުގެ ކަންބޮޑުވުންފާޅު ކުރެއްވުމުންނެވެ.

ޝަހީދަށް ރައްދު ދެއްވައި، އިބްރާ ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ ޒިނޭ ނުވަތަ ލިވާތު ކުރުމަކީ ދެމީހަކު ނުވަތަ ބަޔަކު އެކަހެރި ވެގެން ކުރާ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އެހެން މީހެއްގެ ފުރާނައަށް، ޖިސްމަށް އަދި މުދަލަށްވެސް ގެއްލުމެއް ނެތް ކަމަށާއި، އެހެން މީހެއްގެ މިނިވަންކަމަށްވެސް ހުރަހެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމަށް ތުުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ނިމުމުން، ހުކުމެއް ނާންނަހާ ހިނދަކު ބަންދުކޮށްފައި ނުބޭތިއްބޭނެ ކަމަށެވެ.

އެއާ ހިލާފަށް ޔޯގާ މައްސަަލަ އަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް އަޅައި، ޖިސްމަށް އަނިޔާވާ އަމަލުތަކެއް ހިމެނޭ ގޮތުން، އާންމު ތަނެއްގައި ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

ކުށުގެ ވެށިން ހައްޔަރު ކޮށްފައި ތިބި މީހުން އެބަތިބި. އެހެންކަމަށްވާނަމަ، އެމީހުން ދޫކޮށްފައި ބޭތިއްބުމަކީ އެހެން މީހުންނަށް އޮތް ނުރައްކަލެއް.

އެއްޖިންސުން ގުޅުން ހިންގި ތިން މީހުން ދޫކޮށްލާފައިވާއިރު، އެތިން މީހުންވެސް ދޫކޮށްލާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިންނެވެ.