ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ހޮވުނު ހަ މެމްބަރެއް ސަރުކާރުގެ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

Ads by Asuru

އާދިއްތަ ދުވަހު ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި 66 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބު ކުރިއެވެ.

އަމިއްލަ ގޮތުން ވާދަ ކުރައްވައިގެން ހޮވިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ސަރުކާރުގެ ތާއީދު ލިބުނު ހަތަރު މެމްބަރުން ތިއްބެވިއެވެ.

ރޭ ސޮއި ކުރެއްވި މެމްބަރުންނާއިއެކު، ޕީއެންސީގެ މެމްބަރުންގެ އަދަދު މިވަނީ 72‏އަށް އަރާފައެވެ.

މުލިއާގޭގައި އޮތް ބައްދަލުވުމުގައި، ރޭ ޕީއެންސީއަށް ސޮއި ކުރެއްވި ހަ މެމްބަރުންނަކީ:-

ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

ހަސަން ޒަރީރު – މަތިވެރި ދާއިރާ

އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

އަހްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން – ނައިފަރު ދާއިރާ

އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ