ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސޮބާހު މުހައްމަދު(ސޮބާ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިއްޖެއެވެ.

Ads by Asuru

ސޮބާ އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމުގައި 12 އަހަރު ކުޅެފައެވެ. އޭނާ އަކީ މިހާރު އަރަމުން އަންނަ ކޯޗެއްވެސްމެއެވެ.

ސޮބާގެ އިތުރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އުފެދުނީއްސުރެ، އެ ޕާޓީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަލީ ޝަހީމްވެސް މިރޭ ވަނީ ޕީޕީއެމްއާ ގުޅިފައެވެ.

އަލީ ޝަހީމްގެ ފޯމު ރައީސް ޔާމީނަށް އަރުވަނީ– ފޮޓޯ/ޕީޕީއެމް

ޝަހީމަކީ އައްޑޫ ސިޓީ މީދޫގައި ހަރަކާތްތެރިވަމުން އައި އެކްޓިވިސްޓެކެވެ.

ސޮބާއާއި ޝަހީމް ޕީޕީއެމާ ގުޅުނުއިރު، އެދެމީހުންގެ ފޯމާ ހަވާލުވެވަޑައިގަތީ، ޕާޓީގެ ރައީސް ޔާމީން އަބްދުލްގައްޔޫމެވެ.