ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެެފް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީކޮށްފިއެވެ.

Ads by Asuru

އެގޮތުން ޕާޓީތަކުގެ ދަފުތަރުގައި އެ ޕާޓީ ހިމަނާފައިވާކަން ޕީއެންއެފްގެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވައިފައެވެ.

ޕީއެންއެފް ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ގައެވެ. އެ ޕާޓީގެ ވަގުތީ ރައީސަކީ ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ.

އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަންކޮށްފައެވެ.