އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާއަށް މެމްބަރަކު އިންތިހާބު ކުރަން ލާފައިވާ ވޯޓު ކަރުދާސްތައް އަލުން ނުގުނުމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.

Ads by Asuru

ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން އެދިފައި ވަނީ ވޯޓުގެ ތަފާތުން އިންތިހާބުން ބަލިވި އިބްރާހިމް އަބްދުއްރަހްމާންއެވެ.

އޭނާގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އީސީއަށް ޝަކުވާ ވެސް ހުށަހެޅިއެވެ.

ނަމަވެސް އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ވޯޓުގެ ނަތީޖާ އަލުން ނުގުނަން ވަނީ ނިންމައިފައެވެ.