ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން، މިއަހަރުގެ އޮކްޓޯބަރުމަހުގެ ތިންވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިއެވެ.

Ads by Asuru

މިއަހަަރަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް، ފުރަތަމަ ފަހަރަށް ފާހަގަ ކުރުމަށް ނިންމާފައިވާ އަހަރުވެސް މެެެއެވެ.

މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، ކަމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.