ރައްޔިތުންގެ މަޖިލީހުގެ ފ.ނިލަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ގެނައުމަށް ކެމްޕެއިނެއް ފަށައިފިއެވެ.
މިކަމަށްޓަކައި ކެމްޕެއިން ކުރުމަށް އެކްސްގައި ވަނީ އެކައުންޓެއް ވެސް ހަދައިފައެވެ.
ސައުދާ ފޮރ ޑެޕިއުޓީގެ ނަމުގައި އެކްސްގައި ހިންގަމުންދާ އެކައުންޓަކުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަނީ ސައުދީ މަޖިލީހުގެ ނައިބަކަށް ގެންނަންޖެހޭ ސަބަބުތައް ބަޔާންކޮށް ޕޯސްޓުތައް ކުރަމުންނެވެ.
މިކަމާ ގުޅިގެން ސައުދާ ވިދާޅުވީ އެ އެކައުންޓާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އަދި އޭނާމަސައްކަތް ތަރުތީބު ވެގެންދަނީ އަދި ދާނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ވިސްނުމާ އެއްގޮތަށް ކަމަށް ވެސް ސައުދާ ވިދާޅުވިއެވެ.
އޭނާގެ ނަމުގައި މިފަދަ ކަންކަން ނުކުރަން ސައުދާ ވަނީ އިލްތިމާސް ކުރައްވާފައެވެ.