އިންތިހާބުތަކުން ބަލިވުމުން ހަޖަމްކުރަން ދަސްކުރަންޖެހޭ ކަމަށާއި، ދެން ވޯޓެއް ލިޔަސް ކާމިޔާބު ކުރާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by Asuru

 

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ އަކީ ލާދިނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ތުހުމަތު ކުރެއްވުމުން، އޭނާއަށް ރައްދު ދެއްްވައެވެ.

މަހުލޫފް ވިދާޅުވީ އިންތިހާބުތަކުން ބަލިވުމުން ހަޖަމްކުރަން ދަސްކުރަންޖެހޭ ކަމަށާއި އެކަމާ ރުޅިއައިސް ހިތްހަމަނުޖެހިގެން ވޯޓު ދިން ރައްޔިތުންނަށް ވަގަށް، ލާދީނީއަށް ގޮވުމަކީ ދެރަކަމެއް ކަމަށެވެ.

”ދެން ވޯޓެއްލިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން. އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި.“

https://twitter.com/AhmedMahloof/status/1558834735463292929

އިއްޔެ ބޭއްވި މ.ދިއްގަރު ކައުންސިލް މެންބަރު އަދި ތ. ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ދެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ އެމްޑީޕީއަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރެއްވިއެވެ.