ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިވީ މުއްދަތުގައި މިސްކިތްތައް މަރާމާތު ކުރުމަށް ނަވާރަ މިލިއަން ރުފިޔާ ހޭދަ ކޮށްފިއެވެ.

Ads by Asuru

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގާތްގަނޑަކަށް 27 މިލިއަން ރުފިޔާގެ ބިލްތައް ކުންފުނިތަކަށް ނުދައްކާ ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެ ހުރިހާ ފައިސާއެއް މިހާރު ހަލާސް ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް އެކުލަވާލާފައިވާއިރު، އޭގެ މަގުސަދަކީ މިސްކިތްތަކުގެ ހާލަތު މެދުނުކެނޑި އަބަދުވެސް ބަލަމުން ދިއުމާއި މިސްކިތުގެ ބޭނުން ހިފަމުން އަންނަނީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލައި ދިރާސާ ކުރުމެވެ.