ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ގާއިމް ކުރަމުންދާ އުތުރުތިލަފަޅުގައި މިހާރު އަސްކަރީ ބަޔަކު ނެތްކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

Ads by Asuru

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވިދާޅުވީ، އުތުރު ތިލަފަޅުގައި އެއްވެސް އަސްކަރީ ބަޔަކު ނެތް ކަމަށެވެ.

މިދިޔަ ސަރުކާރުން އުތުރު ތިލަފަޅުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް އޮތީ ނިންމައިފައެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ، އުތުރުތިލަފަޅަކީ އިންޑިއާ ގްރާންޓް އެއިޑެއްގެ ދަށުން މިހާރުވެސް ހިނގަމުންދާ މަޝްރޫއެއް ކަމަށެވެ.

އަދި އެތަނުގައި އަމަލު ކުރަނީ އެ ގްރޭންޓް އެއިޑްގެ މަޝްރޫއާ ގުޅިގެން އަމަލު ކުރަން ޖެހޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ނިންމާފައި ވަނީ އުތުރު ތިލަފަޅުގައި ”ފުޑް ސެކިއުރިޓީ“ ޕްރޮޖެކްޓް ހިންގުމަށެވެ.