މި ސަރުކާރުގެ އަމާޒެއް ކަމުގައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ތިމާވެށީގެ ދުވަހު ފަށަން ނިންމައިފިއެވެ.

Ads by Asuru

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް އިންދުން ކަމަށެވެ.

ފަސް އަހަރަށް ބަހާލައިގެން ހިންގާ މި މަޝްރޫއު އިފްތިތާހު ކުރާ ދުވަހު، މުޅި ރާއްޖޭގައި ވެސް ގަސް އިންދުމުގެ ހަރަކާތް ހިންގަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތަކުގައި ވެސް ގަސް އިންދާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.

”އަދި ސްކޫލްތަކުގައި ވެސް އެ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކާ، އެ މަސައްކަތަށް އަހުލުވެރި ކުރުވުމުގެ ގޮތުން ވާހަކަ ދައްކާ، އެ މަސައްކަތް ކުރެވިގެންދާނެ.“ މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވާ މި ޕްރޮގްރާމްގައި ރާއްޖެއިން ނެތި ފަނާވެގެންދާ ގަސްތައަ އިންދުމަށް އިސްކަން ދޭނެ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.