ބީލަމުގެ އުސޫލުން ޑޮމެއިން ވިއްކަން ލަސްތަކެއް ނުވެ ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by Asuru
މިނިސްޓަރު މިހެން ވިދާޅުވީ، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އަމީން ވިދާޅުވީ ލަސްތަކެއް ނުވެ ޑޮމެއިން ނަންބަރު ދޫކުރަން ފަށަން ނިންމާފައިވާއިރު، ޑޮމެއިން ވިއްކުމާ ގުޅޭ ވަރަށް ރަނގަޅު ޕްލޭނެއް ސަރުކާރުން ހަދާފައިވާ ކަަމަށެވެ.
އަދި ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޕްލޭން އިއުލާން ކުރައްވާ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބައެއް ބޭރު ގައުމުތަކުގައި ޑޮމެއިން ނަންބަރުތައް ވިއްކަމުން ދަނީ ވަރަށް އަގުބޮޑުކޮށްކަން ފާހަގަކުރައްވައި އަމީން ވަނީ ޓްރާާންސްޕޯޓް މިނިސްޓްރީގެ ވެސް ވިސްނުން ހުރީ އެ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، އެއީ ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޑޮމެއިން ނަންބަރުތަކުގެ ވެރި ފަރާތްތަކުގެ ޑޮކިއުމެންޓުތައް ވެރިފައިކޮށް، ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށާއި ހުއްޓާލާފައި އޮތް ޑޮމެއިން ދޫކުރުން ކުރިޔަށް އޮތް ސާޅީހަކަށް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް 1400 އެއްހާ ޑޮމެއިން ނަންބަރުތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ނަންބަރުތަކަކީ ގަވާއިދާއި ހިލާފަށް ބޭނުންކުރަމުންދާ ނަންބަރުތައް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.