މާލޭގެ މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުންނަ 30 ތަނެއް މަރާމާތު ކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

Ads by Asuru

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލަ އެއް ކަމަށެވެ.

އާޒިމް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަގަކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.