ހައްޖާޖީންގެ ސަލާމަތަށްޓަކައި، ކޮންމެ ހައްޖާޖީ އަކަށް ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ދޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިކަން ހާމަ ކުރެއްވީ ޕީއެސްއެމް ނިއުސްްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަކީލު ވިދާޅުވި ގޮތުގައި މިފަދަ ޑިވައިސްއެއް ހަރު ކުރުމުގެ ބޭނުމަކީ ހައްޖަށްދާ މީހުން ގެއްލި ނުވަތަ މަގު އޮޅުން ފަދަ ކަމެއް ވެއްޖެނަމަ، އެ ހަވާލުކުރި ޑިވައިސްގެ އެހީގައި ހައްޖު ކޯޕަރޭޝަނަށް އެމީހަކު ގެއްލިފައިވާ ތަން ދެނެ ގަނެވުމެވެ.

”އެބޭފުޅާ އެ ހުންނެވި ތަނެއްގެ ސީދާ ލައިވް ލޮކޭޝަން ހޯދާލެވޭނެ ފަދަ ނިޒާމެއް މިހާރު ހައްޖު ކޯޕަރޭޝަންގެ ތެރެއިން މި ވަނީ ގާއިމްކުރެވިފައި.“ ޝަކީލު ވިދާޅުވިއެވެ.

ރާއްޖޭން ހައްޖަށް ގެންދަން މިހާރު ލިބެނީ 1000 ކޯޓާއެވެ. އެހެންނަމަވެސް ކޯޓާ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.