ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ސަރުކާރުން ރާއްޖޭން ބޭރަށް ފޮނުވި ފަސް ކުދިންގެ ތެރެއިން އިތުރު ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިއްޖެއެވެ.

Ads by Asuru
ބޯންމެރޯ ހެދުމަށް ސަރުކާރުން ބޭރަށް ފޮނުވި ފަސް ކުދިންގެ ތެރެއިން މީގެކުރިން ދެ ކުއްޖެއްގެ އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހަލީލު ވިދާޅުވީ ތިންވަނަ ކުއްޖެއްގެ ބޯންމެރޯ އޮޕަރޭޝަން ވެސް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށެވެ.

އަދި ތިން ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށާއި ބާކީ ދެން ތިބި ދެ ކުދިން ބޯންމެރޯ ހެދުމުގެ ގޮތުކް ހަދަންޖެހޭ ބައެއް ޓެސްޓުތައް ފަދަ ކަންކަން ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޯންމެރޯ ޓްރާންސްޕްލާޓްގެ ފުރުސަތު ތެލަސީމިއާ ބަލީގެ 50 މީހަކަށް ދޭން ނިންމާފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މުހިންމު ވައުދެކެވެ.