މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ރާވައި، ހިންގުން ބަލައި ނުގަނެވޭނެ ކަމަށް ސަލަފު ޖަމުއިއްޔާގެ މެމްބަރު، އަދި ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު އަލީ ރަމީޒު ވިދާޅުވިއެވެ.

Ads by Asuru

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮރމޭޝަން އެންޑް އާޓްސް އިން ”ޔޫތު ކަރޯކޭ ނައިޓު“ ބާއްވަން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އަލީ އެކްސްގައި ވިދާޅުވީ، ޒުވާނުންނަށް ވިޔަސް، އަދި އެ ނޫން ގިންތިއަކަށް ވިޔަސް، ﷲ ހަރާމް ކުރެއްވި ކަމެއް ރާވައި، އިންތިޒާމް ކުރުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

ޔޫތު ކަރޯކޭ ނައިޓު ބާއްވަން ހަމަޖެހިފައި ވަނީ، 24 މެއިވާ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައެވެ. މި އިވެންޓު އޮންނާނީ، އެ ރޭ 8:30 އިން 00:00އަށެވެ.