މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، އައްޑޫ އާއި ފުވައްމުލަކު ސިޓީ އަށް އޮރެންޖް އެލާޓް ނެރެފިއެވެ.

Ads by Asuru
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ ހަތެއް ޖެހުމާއި ހަމައަށް އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓުން ވަނީ، ހޯމަ ދުވަހުން ފެށިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ވާނެ ކަމަށް ބުނެ، ސަމާލުވާން އެދިފައެވެ.