މާބަނޑުވުމަކީ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. އަންހެނުން ދަރިމައިވާ އުމުރު ދިގު ކަމުގައި ވިޔަސް، މަންމައަކަށް ވުމަށް އެންމެ ރަނގަޅީ ކޮން އުމުރެއްތޯ ސުވާލު އުފެދިދާނެއެވެ.

Ads by Asuru

މި ސުވާލުގެ ޖަވާބުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރު އައިމިނަތު ނުސްރާ އިންސްޓެގްރާމްގައި އެންމެ ފަހުން ހިއްސާ ކުރައްވާފައިވާ ވީޑިއޯގައި ވިދާޅުވީ، މާބަނޑުވުމަށް އެންމެ ރަނގަޅު އުމުރަކީ 25 އަހަރާއި 30 އަހަރާއި ދެމެދު ކަމުގައެވެ.

ޑރ.ނުސްރާ ވިދާޅުވީ، އެ އުމުރުގައި އަންހެނުންގެ ޖިސްމާނީ، އަދި ނަފްސާނީ ދުޅަހެޔޮކަން ވެސް ރަނގަޅުވާނެ ކަމަށާއި، ދަރިމައިވުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ބިހުގެ ކޮލިޓީ ވެސް ރަނގަޅުވާނެ ކަމަށެވެ. އަންހެން މީހާގެ އުމުރު މަތިވާ ވަރަކަށް އޯވަރީގައި ބިސް އުފެދޭ މިންވަރު މަދުވެއެވެ.

އަދި އުމުރު މަތިވާ ވަރަކަށް، އައިބުތަކާއިއެކު ދަރިން އުފަންވުމުގެ ފުރުސަތު ބޮޑުވާއިރު، އުމުރުން 35 އަހަރު ވުމަށްފަހު، އެ ރިސްކު ވަކިން ބޮޑުވާ ކަމަށް ޑރ.ނުސްރާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އުމުރު މަތިވާ ފަހުން ވެސް، ގިނަ މީހުންނަށް ސިއްހީ އެއްވެސް މައްސަލައެއް ނެތް ދަރިން ލިބޭކަން ޑރ.ނުސްރާ ފާހަގަކުރެއްވިއެވެ.