ތިލަފުށި ފޭސް 2 އިން ބިން ގަނެފައިވާ ފަރާތްތަކުން ފައިސާ ދެއްކުމަށް ގުޅަމުންދާނެ ކަމުގައި ހައުސިން ޑކވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

Ads by Asuru

ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަހުގެ ކުރިންނެވެ. އެޗްޑީސީއިން ބުނެފައި ވަނީ ބީލަމުގެ އުސޫލުން ވިއްކާނީ ތިލަފުށި ޒޯން އޭގެ އޭރިއާ ބީގައިވާ ނުވިކި ހުރި ބިންތައް ކަމަށެވެ.

ތިލަފުށިން ބިން ގަންނަން އާންމުކޮށްފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކަން އަންގާފައިވާ ތާވަލާ އެއްގޮތަށް، ”މައިލްސްޓޯން 1″ މިހާރު ފުރިހަމަކޮށްފައިވާކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ތިލަފުށި ފޭސް 2 އޭރިއާގެ ބީގެ ބިން ހިއްކުމާއި އަތިރިމަރި ރައްކާތެރި ކުރުމުގެ ޕްރޮޖެކްޓްގެ %29 ވަނީ މިހާރު ނިމިފައެވެ.