ހުޅުމާލެ ފޭސް ޓޫގެ ޓަވަރެއްގައި ދެ ފިރިހެނަކު ގައިގޯޅިވި މައްސަލައެއް ފުލުހުން ބަަލަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން މިރޭ ބުނީ ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާ ކަަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެކަން ބަލަމުން އަންނަ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި، މިކަން އިތުރަށް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ދެ ބިދޭސީއަކު ގައިގޯޅި ވެފައިވަނީ ހިޔާގެ ހަތްވަނަ ޓަވަރުގައެވެ. މި މައްސަލައިގައި ހިމެނޭ ދެ ފިރިހެނުން ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީހަކު ވަނީ ފޭސްބުކްގައި ހިއްސާ ކޮށްފައެވެ. އޭނާ ފޭސްބުކްގައި ލައިވް ކުރި ވީޑިއޯއިން ފެންނަނީ ހަދަމުންދާ ހިޔާ ފްލެޓެއްގައި ދެ ބިދޭސީ ފިރިހެނުން ގައިގޯޅިވާ މަންޒަރެވެ.

ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.