ގދ.މަޑަވެލީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށޭނެ ތާރީހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ މި މަޝްރޫއު ފެށޭނެ ތާރީހެއް ދަންނަވަން އެނގިވަޑައިގަންނަވާނީ، މަޝްރޫއުގައި ސޮއި ކުރެވުމުން ކަމަށެވެ.

އަދިއެއް، އެ މަޝްރޫއުއެއް ނެތް، އެއްވެސް ބަޔަކަށް ކޮންޓްރެކްޓް ކުރެވިފައެއް. މިނިސްޓަރު ވިދާޅުވިއެވެ.

ފިރުޝާން ވަނީ މަޖިލީހުގައި އޭނާ ތަމްސީލު ކުރައްވާ ދާއިރާގައި ހިމެނޭ ނަޑެއްލާގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުންވެސް އަސްލަމާ ސުވާލު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ޑިޒައިނިންގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އަދި މިއަހަރުގެ ތެރޭގައި އެ މަޝްރޫއު ހިންގުމަށް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.