ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން އަނެއްކާވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އާ ގުޅިވަޑައިގެންފިއެވެ.
އޭނާ ވަނީ އެޕާޓީއާ ގުޅިވަޑައިގަތުމަށްފަހުގައި، މެމްބަރޝިޕް ފޯމް، ރައީސް ޔާމީން އަބްދުލްގައްޔޫމާ ހަވާލު ކުރައްވައިފައެވެ.
2014 ވަނަ އަހަރުގައި މުބީން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. އޭނާ ފަހުން ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހުގައި، އެޕާޓީން ވަކިވެވަޑައިގަތީ ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުންނެވެ.
Bilehdhoo dhaairaage kureege member @ahmedmubean Jumhoory Party dhookuravvaa PPM aa gulhivadaigenfi.
Marhabaa Mubeen. #MavesPPM pic.twitter.com/kNaofDFBx3— Progressive Party of Maldives (@ProgressPartyMV) August 18, 2022
އަލުން އަނެއްކާވެސް އޭނާ ޕީޕީއެމާ ގުޅިވަޑައިގެންފައިވާއިރު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު، ރައީސް ޔާމީނަށް ދިނުމަށް މިރޭ ”ހަވާލޭ ވަތަން“ގެ ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.