ކްރޮސް ސަބްސިޑީގެ އުސޫލުން ތ.ކަނިމީދޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތިންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތ. ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމާއި ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެ ރަށް ތަރައްގީ ކުރުމުގައި މިނިސްޓްރީން މިހާރު ގެންގުޅޭ ވިސްނުމަކީ ވީހާވެސް އަވަހަކަށް އެރަށް ތަރައްގީ ކުރާނެ ފަރާތެއް ހޯދުންކަމަށެވެ.

ނަަމަވެސް  އެއްވެސް ފަރާތެއްގެ ޝައުގުވެރިކަން ނުލިބުމުން މިނިސްޓްރީގެ ވިސްނުން މިހާރު ހުރީ ކްރޮސް ސަބްސިޑީގެ އުސޫލުން މުޅި ރަށް ކުއްޔަށް ދިނުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިސޯޓެއް ތަރައްގީކުރުމަށް ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ ބީލަމަށް ލާން ޓޫރިޒަމް މިނިސްޓްރީން ނިންމައި، އެކަން އިއުލާންކުރީ 2019 ވަނަ އަހަރުއެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން އެރަށް ފަތުރުވެރިކަން ތަރައްގީ ކުރުމަށް އަންސޮލިސްޓެޑް ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތަކާއެކީ ސަރުކާރުން މިހާރު މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިހާރު ތ. އަތޮޅުގައި 152 އެނދުގެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.