އެކި ކަންކަމުން ރައްކާތެރިކަން ހޯދުމަށްޓަކައި، މުސްލިމުންނަށް ތަފާތު އެކި ދުއާތައް ކިޔުމަށް ރަސޫލާ (ސ.އ.ވ)ގެ ސުންނަތުން އިރުޝާދު ލިބެއެވެ.
މިގޮތުން، އެސްފީނާއާއި، ދުނިޔަވީ ބަލާ މުސީބާތުން ސަލާމަތްވެ ތިބުމަށް ހެނދުނާއި ހަވީރުގެ ޒިކުރުތައް ގަވާއިދުން ކިޔުމަކީ، މުހިންމު ކަމެއް ކަމުގައިވާއިރު، އެކަންކަމަށް ޚާއްޞަ ދުޢާތައް ވެސް ސުންނަތުން ވާރިދުވެފައިވެއެވެ.
ގައިގެ ތަނެއްގައި ރިއްސާނަމަ، ނުވަތަ ބައްޔެއް ތަހައްމަލު ކުރަމުންދާނަމަ ކިޔަން ރަނގަޅު ދުޢާއެއް މާތް ނަބިއްޔާ ވަނީ އަންގަވައިދެއްވާފައެވެ.
ސަހީހް މުސްލިމް ރިވާ ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.
އުސްމާން ބިން އަބީ އަލް އާސް މޭގައި ރިއްސާތީ، ރަސޫލާ (ސ.އ.ވ)އަށް އެ ވާހަކަ ދެންނެވުމުން، ރިއްސާ ތަނުގައި އަތް ބީއްސަވައިލައްވައި، މި ދުޢާ ވިދާޅުވުމަށް އިރުޝާދު ދެއްވިއެވެ.
باسم الله ތިން ފަހަރު ކިޔުމަށްފަހުގައި،
أعوذ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ ހަތް ފަހަރު ކިޔާށެވެ.
މި ދުޢާ ކިޔަންވާނީ، ރިއްސާ ތަނުގައި އަތް އަޅައިގެންނެވެ. ޝެއިޚް އާސިމް އަލް ޙަކީމް ވިދާޅުވި ގޮތުގައި، އެމަނިކުފާނު، އެކި ތަންތަނުގައި ރިއްސާތީ، މި ދުޢާ ވިދާޅުވުމުން، ފަރުވާ ލިބިވަޑައިގަތެވެ.