ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ސަފާތު އަހްމަދު ޒާހިރު، މިއަދު އައްޔަންކުރައްވައިފިއެވެ.

Ads by Asuru

ސަފާތު މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.

ސަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސްއެވެ. އަދި ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވުމާއި ފައިނޭންޝަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެެވެ.

މީގެއިތުރުން އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެެއެވެ.