ހަރުކަށި ފިކުރު ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހަށް މިއަދު ކަޓަރަކުން ދިން ހަމަލާއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ އެ ހަމަލާ އިންތިހާ އަށް ކުށްވެރިކުރައްވާ ކަމަށާއި ރާއްޖޭގައި އިންތިޒާމު ވެގެން ހިންގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާވެ އިތުބާރު ހިފެންޖެހޭ ކަމަށެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާ ދިނީ ސައިކަލަކުން ދިޔަ މީހަކު ހުޅުމާލޭގެ ނިރޮޅުމަގު ސޮނީ ހާޑްވެއާ ކައިރިން ކަޓަރަކުންނެވެ.

އެނގިފައިވާ ގޮތުގައި ހަމަލާ ދިނީ ދާދި ފަހުން މާލޭގެ ސަލްމާން މިސްކިތަށް ހުކުރު ދުވަހެއްގައި ވަދެ، މިންބަރަށް އަރައި ހަޅޭއްލެވި މީހާއެވެ.

އޭނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.