މި ހިއްސާކޮށްލަނީ ޕޭން ކޭކް ތައްޔާރު ކޮށްލާނެ ގޮތެވެ.

Ads by Asuru

ބޭނުންވާތަކެތި:

200 ގްރާމް ފުށް

200 ގުރާމު ހަކުރު

2 ކުކުޅު ބިސް

1 ސައިސަމުސާ ބޭކިންގ ޕައުޑަރ

ކާކުލަ (ބޭނުންކުލައެއް)

ބައިޖޯޑު ޖޯޑު ފެން

1 ސައިސަމުސާ ވެނިލާ އެސެންސް

1 މޭޒުމަތީ ސަމުސާ މާޖިރީން

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށުގެ ތެރެއަށް ބޭކިންގް ޕައުޑަރު އެއްކުރުމަށްފަހު ފުރާނާލާށެވެ. ދެން މާޖަރީން، ބިސް އަދި ހަކުރު އެއްކޮށްފައި ހަކުރުތައް ވިރެންދެން ގިރާލާށެވެ. ރަނގަޅަށް ގިރުނީމާ އޭގެތެރެއަށް ފުށް އަޅާށެވެ. ފުށް އަޅާނީ މަދު މަދުންނެވެ. އަދި ފުށް އަޅާވަރަކަށް ގިރަމުން ގެންދާށެވެ. ދެން ފެން އެޅުމަށްފަހު ކާކުލަ އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން އެއަށްފަހު ފޮޅި ފިހާ ގޮތަށް މަޑު ގިނީގައި ފިހެލާށެވެ. .