މާފަންނު ގެއެއްގައި ރޭގެ ވަގުތެއްގައި ވައްކަން ކުރަން އުޅުނު ބިދޭސީއަކަށް ކޯރާޑިން ހަމަލާ ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަތް ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށް ރޭ 23:55ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.

އަނިޔާ ލިބުނު ބިދޭސީ މީހާއަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެެ.